ވިޔަފާރި / ޚަބަރު
ފަސޭހަކަމާއިއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕެކޭޖްނެގޭ ކިއޮސްކެއް ރެޑްބޮކްސްއިން ތައާރަފްކޮށްފި

ރެޑްބޮކްސްއިން އަލަށް ތައާރަފްކުރި ކިއޮސްކް ފޮޓޯ:ރެޑްބޮކްސް
ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާގައި ކުރިއަރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރެޑްބޮކްސްއިން އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެކޭޖް ބަލައިގަތުމަށް އައު ކިއޮސްކެއް ތަޢާރަފުކޮށްފިއެވެ.

މި އައު ކިއޮސްކުގެ ސަބަބުން ކަސްޓަމަރުންނަށް ޕެކޭޖްތައް ސިކުންތުތަކެއްގެ ތެރޭގައި ބަލައިގަނެވޭނެ
ރެޑްބޮކްސްގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި އައު ކިއޮސްކަކީ ކަސްޓަމަރުންގެ ޝަކުވާތަކަށް އިޖާބަދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު އައު ޚިދުމަތެކެވެ. މިކިއޮސްކަކީ ކަސްޓަމަރުންނަށް ޕެކޭޖް އަދި ޕާރސަލް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅުނު ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕެކޭޖް އަދި ޕާރސަލް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅުނު ފިޔަވަޅެއް
މި އައު ކިއޮސްކުގެ ސަބަބުން ކަސްޓަމަރުންނަށް އެމީހުންގެ ޕެކޭޖްތައް ސިކުންތުތަކެއްގެ ތެރޭގައި ބަލައިގަނެވޭނެއެވެ. މީގެ އިތުރުން، ކިއު ނަންބަރު ނަގަންޖެހުމުގެ ބަދަލުގައި ސެލްފް-ސަރވިސް އުސޫލުން ޕެކޭޖް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރެޑްބޮކްސްގެ ފަރާތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ކިއޮސްކަކީ މާލެ ސަރަޙައްދުގައި ހިންގަމުންދާ ކިއޮސްކްއެވެ. މި ކިއޮސްކުތަކުން ދުވާލަކު 2,000 އަށްވުރެ ގިނަ ޕެކޭޖް ޑިސްޕެޗްކުރެވެއެވެ. އޮންލައިން ޝޮޕިންގ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މި ކިއޮސްކުތަކުގެ ސަބަބުން ޑެލިވަރީ އަވަސްވެ، ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފަސޭހަވެގެންދާނެކަމަށް ރެޑްބޮކްސްއިން ބުނެފައިވެއެވެ.

މި ކިއޮސްކުތަކުން ދުވާލަކު 2,000 އަށްވުރެ ގިނަ ޕެކޭޖް ޑިސްޕެޗްކުރެވޭ
ރެޑްބޮކްސްގެ ދުރު ރާސްތާ ޕްލޭންގެ ދަށުން މާލެ އާއި ހުޅުމާލޭގައި އިތުރު ސްމާޓް ކަލެކްޝަން ޕޮއިންޓްތައް ޤާއިމުކުރުމަށް ރޭވިފައިވާ ކަމަށާއި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.