Ads by Aqeeqa Maldives

ޚަބަރު

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ފުލުހުން ކުރިއަށްގެންދިޔަ ކެރިއަރ ގައިޑެންސް ސެޝަންގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 10:16

27 އޭޕްރީލު 2025، 10:16

ދިވެހި ފުލުހުންގެ ޚިދުމަތުން ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ. 

ފުލުހުންގެ މުއައްސަސާއިން ބުނެފައިވަނީ މި މަހު 24 ވަނަ ދުވަހު އެ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ސްކޫލު ދައުރު ނިންމައި މުޖުތަމައަށް ނުކުންނަ ދަރިވަރުންނަށް ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށެވެ.

އަދި މި ސެޝަނުގައި، ފުލުހުންގެ ދައުރަކީ ކޮބައިކަމާއި ފުލުހުންގެ މަސައްކަތްތަކާއި ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން އެކި މައުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްކޫލު ދައުރު ނިމޭ ދަރިވަރުންނަށް ފުލުހުންގެ ތެރޭގައި ހުރި ފުރުސަތުތަކާއި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ސެޝަނުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 8 އިން 12 އާ ދެމެދުގެ ދަރިވަރުން ބައިވެރިވިކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS