Ads by Aqeeqa Maldives

ޚަބަރު

ޕާޓާގެ އަހަރީ ސަމިޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޕާޓާގެ އަހަރީ ސަމިޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޕާޓާގެ އަހަރީ ސަމިޓްގެ ތެރެއިން. ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2025، 03:03

26 އޭޕްރީލު 2025، 03:03

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައި މިމަހުގެ 21 އިން 23 އަށެވެ. ޕާޓާގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މީނާސް ޝައުގީ އާއި ޓޫރިޒަމް ރިސަރޗް އެންޑް ސްޓެޓިސްޓިކްސްގެ ޑިރެކްޓަރ މަރްޔަމް ޝަރްމީލާއެވެ.

މި ބައްދަލުވުމުގައި ދެމެހެެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުކުރުމާއި ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

 މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ މާހިރުން ވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS