Ads by Aqeeqa Maldives

ޚަބަރު

ތޫނު ހަތިޔާރާއި އެކު ޒުވާނަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއި އެކު ޒުވާނަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2025، 01:30

26 އޭޕްރީލު 2025، 01:30

ދިވެހި ފުލުހުންގެ ޚިދުމަތުން ތޫނުހަތިޔާރާއި އެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މ. ހެޕީލައިފް، އަބްދުﷲ އިސްރާޤް (18) އެވެ. އިސްރާޤް ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރާއި އެކު މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައެވެ.

އިސްރާޤުގެ މައްޗަށް ކުރެވެނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި، މާރާމާރީ ހިންގަން އުޅުނުކަމުގެ ދައުވާއެވެ. ކޯޓު އަމުރުގައި ބުނާގޮތުން މާލޭގެ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނާގޮތުގައި މި ފަހުން މާލޭގައި ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރީގެ ތެރެއިން އަނެއްކާވެސް މާރާމާރީއެއް ހިންގަން އެމީހުން ދިޔައީ ރާވަމުންނެވެ. މިކަމަކީ ބަދަލު ހިފުމުގެ ގޮތުން ހިންގާފައިވާ މާރާމާރީއެއް ކަމަށް މިހާތަނަށް ފުލުހުންނަށް ފާހާގަކުރެވިފައިވާ ކަމަށް އައިއޯ ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

މާރާމާރީ ހިންގާ ގުރޫޕުގެ މީހުންނާއެކު އޭެނާނާވެސް ހުއްޓުވައި އެކި ފަހަރު މަތިން ނަން ނޯޓުކުރެވިފައިވާ ކަމަށާއި އޭނާ މި ފަހުން ހައްޔަރުކުރި އިރު އޭނާގެ އަތުން ކުޑަ ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަސްރާޤުއަކީ މާރާމާރީ ހިންގުމާއި ހައްޔަރުކޮށް ބަންދު ރިކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރުކުރެވުނު މީހާގެ އަތުން ތޫނު ހަތިޔާރެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.

މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ގެންގުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ. މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ޕޮލިހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޕޮލިހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ގެންދަނީ ކުރިއަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS