Ads by Aqeeqa Maldives

ޚަބަރު

ލަޔާލީ އިޤްބާލްއަކީ ރައީސް އޮފީހުގެ ވަޒީރު އިޤްބާލުގެ ދަރިއެއްނޫންކަމަށް އޭނާ ވިދާޅުވެއްޖެ

ލަޔާލީ އިޤްބާލްއަކީ ރައީސް އޮފީހުގެ ވަޒީރު އިޤްބާލުގެ ދަރިއެއްނޫންކަމަށް އޭނާ ވިދާޅުވެއްޖެ

ފުލުހުން ހާމަކުރި ޕްރޮފައިލްތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2025، 11:24

26 އޭޕްރީލު 2025، 11:24

ފުރާޅު މައްޗަށް ވެއްޓުނު އަންހެންކުއްޖާގެ މައްސަލާގައި ފުލުހުން ޕްރޮފައިލް އާންމުކުރި މީހުންގެ ތެރޭގައި ހިމެނޭ ލަޔާލީ އިޤްބާލަކީ ރައީސް އޮފީހުގެ ވަޒީރު, އިޤްބާލް އާދަމްްގެ ދަރިއެއް ނޫން ކަމަށް އިޤްބާލް ވިދާޅުވެއްޖެއެވެ. 

އިޤްބާލް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދައުރުކުރަމުންދާ މި ފޮޓޯގައިވާ ލަޔާލަކީ އޭނާގެ ދަރިއެއް ނޫންކަމަށެވެ.  އަދި ލަޔާލަކީ އެބޭފުޅާގެ ޢާއިލާއާއި ގުޅުހުރި ކުއްޖެއް ނޫންކަމަށް ވެސް އިޤްބާލް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ބޮޑެތި ދޮގު ނުފެތުރުމަށް އިޤްބާލް ވަނީ ގޮވާލައްވާފައެެވެ.

ހެންވޭރު ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓި ޚަބަރު ހުސްވެފައިއޮތް ހައްވާ ޔުމްނުގެ މައްސަލާގައި ޔުމްނު ހިމެނޭހެން ޖުމްލަ 7 ޒުވާނެއްގެ ޕްރޮފައިލް ފުލުހުން އާންމު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހައްވާ ޔުމްނު ރަޝީދު، ރައުދް އަހްމަދު ޛިލާލް، ޢާއިޝަތު ލަޔާލީ އިޤްބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް އަދި މީގެ އިތުރުންވެސް 4 ޒުވާނެއް ހިމެނެއެވެ. 

ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނު މައްސަލާގައި ޝާމިލްވާ 8 ޒުވާނުންގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ތެރެއިން ރައުދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS