Ads by Aqeeqa Maldives

ޚަބަރު

މުޒާހަރާތައް ލައިވްކޮށް ބްރޯޑްކާސްޓުކުރުމުގައި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: ބްރޯޑްކާސްޓިންގ ކޮމިޝަން

މުޒާހަރާތައް ލައިވްކޮށް ބްރޯޑްކާސްޓުކުރުމުގައި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: ބްރޯޑްކާސްޓިންގ ކޮމިޝަން

ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާ ފޮޓޯ:ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 05:09

24 އޭޕްރީލު 2025، 05:09

މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތައް ލައިވްކޮށް ބްރޯޑްކާސްޓު ކުރުމުގައި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެ ކޮމިޝަނުން ހާމަކުރެއްވީ މިކަމާ ގުޅޭގޮތުން ނެރުނު ސަރކިއުލާއެއްގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓުކުރާ ހުރިހާ ފަރާތްތަކުންވެސް މުޒާހަރާތަކާއި އެއްވުންފަދަ ހަރަކާތްތައް ބްރޯޑްކާސްޓު ކުރުމުގައި އަމަލުކުރަންވާނީ ގުޅުންހުރި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާގޮތަށްކަމަށެވެ. އަދި ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން އެއާއި އެއްގޮތަށް އަމަލުކުރަންޖެހޭ މިންގަނޑެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ.

ކޮމިޝަނުން އިތުރަށް ފާހަގަކުރައްވާފައިވަނީ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޯޑްކާސްޓް ކުރަންވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން އެކަށައަޅާފައިވާ ގަވައިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ ހިލާފު ނުވާގޮތަށް ކަމަށެވެ. އަދި މި މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ އިންޒޒާރުދެއްވާފައެވެ.

ފާއިތުވި ދުވަސްތަކުގައި ބައެއް ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އާންމު ޓީވީތަކުން ދެއްކުން އެކަށީގެން ނުވާފަދަ މަންޒަރުތަކާއި ހަރަކާތްތަކާއި ބަސްމަގު ބޭނުންކުރާތީ އެކަމުގެ ކަނބޮޑުވުން އާންމުފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS