Ads by Aqeeqa Maldives

ޚަބަރު

ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި 50 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަނަށް

ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި 50 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަނަށް

ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ، ފޮޓޯ: އިމިގްރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޭޕްރީލު 2025، 02:35

24 އޭޕްރީލު 2025، 02:35

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އުފައްދާފައިވާ ޓާސްކު ފޯހުން ރ. ދުވާފަރުގައި އިއްޔެ ރެއިޑް އޮޕަރޭޝަނެއް ހިންގައިފިއެވެ. އަދި މި އޮޕަރޭޝަނުގައި މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް 50 އަށް ވުރެ ގިނަ ބިދޭސީން ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ އެ ރަށު ކައުންސިލްގެ އެއްބާރުލުމާއެކުއެވެ. އަދި އިއްޔެ ހެނދުނު 8:00 ގައި ފެށި މި އޮޕަރޭޝަން، ހަވީރު 05:45 އަށް ދިގުލައި ދިޔަކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަނުގައި އެ ރަށުގައި އުޅުނު 100 އަށް ވުރެ ގިނަ ބިދޭސީން ވަނީ ބަލާފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން 51 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. 



ޓާސްކު ފޯސްއިން ސިލްސިލާކޮށް ހިންގަމުންދާ މި އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހޯދާފައެވެ. އަދި އިމިގްރޭޝަނުގެ ބެލުމުގެ ދަށުން، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށެވެ.

މާލެއިން ބޭރުގައި އެންމެ ފަހުން މިފަދަ އޮޕަރޭޝަނެއް ހިންގާފައި ވަނީ ކ. ގުރައިދޫގައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހިންގި އެ އޮޕަރޭޝަނުގައި 39 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS