Ads by Aqeeqa Maldives

ޚަބަރު

ރޫލް އޮފް ލޯ ނެގެހެއްޓުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން: ރައީސް މުޢިއްޒު

ރޫލް އޮފް ލޯ ނެގެހެއްޓުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން: ރައީސް މުޢިއްޒު

ރަޢީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޭޕްރީލު 2025، 01:35

24 އޭޕްރީލު 2025، 01:35

ރޫލް އޮފް ލޯ ނެގެހެއްޓުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްެޖެއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ތަފާތު ނުވެސް ކުރައްވާނެ ކަމަށެވެ.

“އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސްެގެ މިފަދަ ބަސްފުޅެއް އައިސްފައިމިވަނީ މާލެ ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެންކުއްޖާގެ މައްސަލާގައި އިންސާފު ހޯދައިދިނުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމުން ދާ ދަނޑި ވަޅެއްގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS