Ads by Aqeeqa Maldives

ޚަބަރު

އިމާމް ޑރ ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުހެއް މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އިމާމް ޑރ ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުހެއް މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ޑރ ޞަލާޙުލް ބުދައިރް. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޭޕްރީލު 2025، 01:03

24 އޭޕްރީލު 2025، 01:03

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ ޞަލާޙުލް ބުދައިރު، ދެއްވާ ޚާއްސަ ދަރުހެއް މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރައިން ބުނެފިއެވެ.

މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގައި ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

މި ދަރުސްގެ ދިވެހި ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މީގެ އިތުރުން މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާޙުލް ބުދައިރު ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އެމަނިކުފާނު ވަނީ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާފައެެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS