Ads by Aqeeqa Maldives

ޚަބަރު

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ރައީސްގެ މަޤާމުން ދާވޫދު ވަކިކުރައްވައިފި

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ރައީސްގެ މަޤާމުން ދާވޫދު ވަކިކުރައްވައިފި

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީގެ ރައީސްގެ މަޤާމުގައި ހުންނެވި ދާއޫދު ---

farudhun logo

ފަރުދުން

24 އޭޕްރީލު 2025، 11:29

24 އޭޕްރީލު 2025، 11:29

ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ރައީސްގެ މަޤާމުގައި ހުންނެވި ދާވޫދު އަޙުމަދު އެ މަޤާމުން މިއަދު ވަކިކުރައްވައިފިއެވެ. 

ދަވޫދު މި މަޤާމުން ވަކިކުރެއްވީ އެ ކޮމެޓީން އިސްތިއުފާ ދެއްވުމަށް ދާވޫދު ހުށަހެޅުމުންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، ޙީނާ ވަލީދު ވަނީ ހާމަކުރައްވާފައެވެ. 



ދާވޫދު މި މަޤާމަށް އައްޔަނު ކުރެވުނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހެވެ. 

ހަމައެއާއެކު، ދާވޫދު އަޙުމަދު ފުރުއްވަމުން ގެންދެވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އޭނާ ވަނީ މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން ވެސް ވަނީ މިއަދު މަޤާމުން ވަކިކުރައްވާފައެވެ.



މި ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ މަޤާމުތަކުން ވަކިކޮށްފައި މިވަނީ، މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައި އޮތް މައްސަލައާ ގުޅިގެންކަމަށް "ފަރުދުން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS