ޚަބަރު
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުުރުމަށް މަޝްވަރާކޮށްފި

ސަޢުދީ ފަންޑުގެ އިސްއޮފިޝަލުންނާއި މަސްވެރިކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި އެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ: ވުޒާރާ
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރަގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ސަޢުދީ ފަންޑާއި މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓްގެ އިސްވެރިންނާއެކުއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢުދީ ފަންޑުގެ ވަފުދާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ސަޢުދީ ފަންޑުގެ އެހީތެރިކަމާއެކު ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކޮށް، ޤާބިލުކަން އިތުރުކުރުމަށް ސަޢުދީ ފަންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެ އިތުރު މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ސަޢުދީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ކޫއްޑޫގެ ހާބަރު ބޮޑު ކުރުމުގެ މަސައްކަތާއި 5 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތުގެ އިތުރުން 2 ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ.