Ads by Aqeeqa Maldives

ޚަބަރު

ޑރ ޞަލާޙުލް ބުދައިރް ޒުވާން ޚަޠީބުންނާއި އިމާމުންނާ ބައްދަލުކުރައްވައިފި

ޑރ ޞަލާޙުލް ބުދައިރް ޒުވާން ޚަޠީބުންނާއި އިމާމުންނާ ބައްދަލުކުރައްވައިފި

ޑރ ޞަލާޙުލް ބުދައިރް ޒުވާން ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރެްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2025، 06:36

23 އޭޕްރީލު 2025، 06:36

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ ޞަލާޙުލް ބުދައިރް ރާއްޖޭގެ ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެެއްވުމުގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ އިމާމުންނާއި، ޚަޠީބުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އިމާމުންނާއި، ޚަޠީބުންގެ އިތުރުން ޑރ ޞަލާޙުލް ބުދައިރު ވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

މިރޭ ސަލްމާން މިސްކިތުގައި މަޢްރިބް ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރެއްވުމަށް ހަމަޖެހިފައިވަނީވެސް ޑރ ޞަލާޙުލް ބުދައިރުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ. އަދި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޑރ ޞަލާޙުލް ބުދައިރު އިޝާނަމާދު އިމާމުވެ ކުރެއްވުމަށްފަހު، ޚާއްސަ ދަރުހެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ. 

ޑރ ޞަލާހުލް ބުދައިރް  އިއްޔެ ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއިވެސް އިމާމު ވަނީ ބައްދަލުކުރައްވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS