Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުުރުަމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވެއްޖެ

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުުރުަމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވެއްޖެ

ވަޒީރު ތާރިޤް އިބްރާހިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2025، 06:36

23 އޭޕްރީލު 2025، 06:36

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވަޒީރު ޠާރިޤް ވިދާޅުވީ އުތުރުގެ ހދ. އަތޮޅުގައި އޮތީ އޮތީ 2 ރިސޯޓު ކމަަށާއި ހއ.އަތިޅުގައި އޮތީ 1 ރިސޯޓުކަމަށެވެ. އަދި ދެން ހުރީ ހޮޓެލްތަކާއި ގެސްޓް ހައުސްތައްކަމަށެވެ. ފުލް ފްލައިޓު ގެނައުމަށް މަދުވެގެން 3000 ޓުވަރިސްޓު އެނދު އެސަރަހައްދުން ބޭނުންވާކަމަށެވެ. އެކަންކުރުމަށް އިންވެސްޓަރުންނަށް ވަރަށް އަވަހަަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ، މިހާރު އެސަރަޙައްދަށް ފަތުރުވެރިން ގެންދަނީ މާލެއިން ޑޮމެސްޓިކް ފްލައިޓުގައި ނުވަތަ ސީޕްލޭންގައިކަމަށާއި ފުލް ފްލައިޓު ހަނިމާދޫއަށް ގެންދިޔުމަށް އެސަރަޙައްދުގައި އެނދު އިތުރުކުރަންޖެހޭކަމަށެވެ. 

އުތުރުގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ މުޅި އެއަރޕޯޓު ބޭނުންކުރަން ފެށޭނެކަމަށެވެ

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS