ޚަބަރު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް 10 މީހަކު ކުރިމަތިލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން/ފޮޓޯ: ރާއްޖެ އެމްވީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ޖުމްލަ 10 މީހަކު ކުރިމަތިލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަޤާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މި ނަންތައް ދިރާސާކުރުމަށް ފޮނުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެގޮތުން، ރައީސް ވަނީ ޖުމްލަ 10 މީހެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ދިރާސާކުރުމަށް ފޮނުއްވި ނަންތައް:
- އަލްއުސްތާޛާ އައިމިނަތު ޝިޔާނާ، މ. ފަތަހަ
- އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
- މޫސާ ރިޟްވާން، މ. ހާވިލާ
- ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
- ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
- އަހުމަދު ޒާހިރު، ހ. ސަންދަލީގެ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ/ ގދ. ތިނަދޫ
- މުޙައްމަދު ޝަމީމް، ހ. ޕްރެޓީވިލާ
- ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
- ފާތިމަތު ޒަޢީމާ، އޯކިޑްމާގެ/ ށ. ފީވައް
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަދި މެމްބަރު މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ. ފަޒީން އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށެވެ.
5 އަހަރުގެ ދައުރަކަށް އައްޔަނުކުރާ،ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ހޮވަނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުންނެވެ