Ads by Aqeeqa Maldives

ޚަބަރު

15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަނީ

15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަނީ

ގއ.ވިލިގިނލީގައި އަޅައިފައިވާ ހައުސިންގ ޔުނިޓްތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2025، 03:25

22 އޭޕްރީލު 2025، 03:25

ސަރުކާރުގެ ހަރަދުގައި 15 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފިއެވެ.

މާލީ ވުޒާރާއިން އިޢުލާނުކޮށްފައިވަނީ ސަރުކާރުގެ ޚަރަދުގައި 15 ރަށެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިންގ ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދުމަށެވެ. 
މާލީ ވުޒާރާގެ އިޢުލާނުގައި ބުނެފައިވަނީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްފެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތުގެ މަތިން ކަމަށެވެ.
މި ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1500 ރުފިޔާ  ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށްދާނީ މާދަމާ އިން ފެށިފެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުނު 2:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓް އިމާރާތްކުރާ 15 ރަށަކީ:

  • ސ. މީދޫ- 100 ހައުސިން ޔުނިޓް
  • ސ. މަރަދޫފޭދޫ- 100 ހައުސިން ޔުނިޓް
  • ސ. މަރަދޫ- 100 ހައުސިން ޔުނިޓް
  • ސ. ހުޅުދޫ- 100 ހައުސިން ޔުނިޓް
  • ގދ. ގައްދޫ- 100 ހައުސިން ޔުނިޓް
  • ތ. ވިލުފުށި- 100 ހައުސިން ޔުނިޓް
  • މ. ދިއްގަރު- 100 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު- 100 ހައުސިން ޔުނިޓް
  • ބ. ތުޅާދޫ- 100 ހައުސިން ޔުނިޓް
  • ރ. އިނގުރައިދޫ- 100 ހައުސިން ޔުނިޓް
  • ރ. މަޑުއްވަރި- 100 ހައުސިން ކުނިޓް
  • ނ. ކެނދިކުޅުދޫ- 100 ހައުސިން ޔުނިޓް
  • ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުނު 1:00 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS