Ads by Aqeeqa Maldives

ޚަބަރު

މ. މުލީ އެއަރޕޯޓަށް އަންނަ ހުކުރު ދުވަހު ޓެސްޓު ފްލައިޓު ޖެއްސުމަށް ތައްޔާރުވެއްޖެ

މ. މުލީ އެއަރޕޯޓަށް އަންނަ ހުކުރު ދުވަހު ޓެސްޓު ފްލައިޓު ޖެއްސުމަށް ތައްޔާރުވެއްޖެ

މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓު/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2025، 10:35

22 އޭޕްރީލު 2025، 10:35

މ. މުލީ އެއާޕޯޓަށް އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓު ޖެއްސުމަށް ތައްޔާރުވެފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އާރްއޭސީއެލް އިން ވިދާޅުވެއްޖެއެވެ.

މުލީ އެއާޕޯޓަކީ 2021 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ތަރައްޤީކުރުމުގެ މަސައްކަތް  ފެށި އެއަރޕޯޓެކެވެ.

މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 14 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އަދި 1812 މީޓަރު ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، 1200 މީޓަރު ދިގުމިނުގެ  އަދި 30 މީޓަރު ފުޅާމިނުގެ ރަންވޭއެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. ހަމަ އެހެންމެ މި މަޝްރޫޢުގެ ދަށުން ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް ޤާއިމްކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ތަންތަން ވެސް ވަނީ ތަރައްޤީކޮށްފައެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއު އެއްގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވީ، އާރްއޭސީއެލްގެ ދަށުން ހިންގާ މި އެއަރޕޯޓަށް މި ހަފްތާގެ ހުކުރު  ދުވަހު ޓެސްޓް ފްލައިޓު ޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މުބީން ވިދާޅުވީ، ޓެސްޓް ފްލައިޓްގެ ދަތުރު ބޭއްވުމަށް ތާވަލުކުރަމުން އަންނަނީ އެ ދުވަހުގެ މެންދުރު ފަހަށް ކަމަށެވެ.

މ. މުލީ އެއަރޕޯޓުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް ގެންގޮސް ނިންމަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS