Ads by Aqeeqa Maldives

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: 8 މީހަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: 8 މީހަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ:

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2025، 07:45

21 އޭޕްރީލު 2025، 07:45

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް ވިޔަފާރިކޮށްހަދާ ބިދޭސީން ގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަންގެ ދަށުން މާލޭގެ ބާޒާރުމަތިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަންގައި، މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިއަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ހަލުވިމިނެއްގައި ދަނީ ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS