Ads by Aqeeqa Maldives

ޚަބަރު

އިނގުރައިދޫއިން 300 ބުޅާ ހިފައިދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

އިނގުރައިދޫއިން 300 ބުޅާ ހިފައިދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

ުއިނގުރައިދޫއިން 300 ބުޅާ ހިފައިދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 07:15

21 އޭޕްރީލު 2025، 07:15

ރ. އިނގުރައިދޫގައި ބުޅާ ގިނަވެ، އާންމުންނަށް އުނދަގޫވާ މިންވަރަށް ދިއުމާ ގުޅިގެން، އެ ކަން ހައްލުކުރުމަށް ޓަކައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން  އިޢުލާނުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އިނގުރައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި، ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިޚްތިޞާޞް ތެރޭގައި ނުހިމެނޭ ރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.

އިނގުރައިދޫގެ ބައެއް ރައްޔިތުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ގޭގެ މައި ދޮރާއި ބަދިގޭ ދޮރު މިހާރު ހުޅުވާފައި ނުބެހެއްޓޭ ހާލަތަށް ގޮސްފައިވެއެވެ. އަދި ބުޅާ ވަދެ ކާއެއްޗެހި މައްޗަށް އަރައި، މަގުމަތީގައި ޖޯލިފަތީގައި ތިބޭއިރު ޖޯލިފަތި ދަށުގައި ތިބެނީއެވެ.

މާލޭގައި ވެސް ބުޅާ ގިނަވެ، މަގުމަތި ބުޅަލުގެ ނަޖިހުން ނުތާހިރުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް "އޮޅުހިޔާ" ގެ ނަމުގައި ފެސިލިޓީއެއް ހަދ މިވަގުތު 30 ބުޅާވަނީ އެތަނަށް ގެންދެވިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS