ޚަބަރު
ފުލުހުންގެ މަރުކަޒެއްގެ ދޮރު ހަލާކުކޮށްލި މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުން
ފުލުހުންގެ މަރުކަޒެއްގެ ދޮރު ހަލާކުކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ ކުރިނބިއަށް ނިސްބަތްވާ ދިވެހި ފިރިހެނެކެވެ.
ހައްޔަރުކުރެވުނު 27 އަހަރުގެ ޒުވާނާގެ މައްޗަށް ތުހުމަތު ކުރެވެނީ އަމުރަށް ނުކިޔަމަންތެރިވުމާއި، ދައުލަތުގެ މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތެވެ.
އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު، ބަންދު އަމުރުގައި ބުނެފައި ވަނީ ކުށްކުރިކަމަށް ތުހަމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަަމަށެވެ.
އަދި އޭނާ ފުލުހުންގެ މަރުކަޒެއްގެ ދޮރެއް ހަލާކުކޮށްލި ކަމަށް އިއުތިރާފުވިއިރު، މީގެ ކުރިން މި ބާވަތުގެ ކުށް ކުރުމުގެ ރެކޯޑް އޮންނަ ކަމަށްވެސް އަމުރުގައި ވެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ވަނީ ބުނެފައެވެ.