ވިޔަފާރި / ޚަބަރު

ޕޭޕަލް ޕޭ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު ސަޢީދު

ޕޭޕަލް ޕޭ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު ސަޢީދު

ޕޭޕަލް ހެޑް އޮފީސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 06:14

21 އޭޕްރީލު 2025، 06:14

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ރާއްޖެއަށް ތަޢާރަފު ކުރުމުގެ ގޮތުން ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއް އަމާޒަކީ ފަންނުވެރި އިޤްތިޞާދެއް އުފެއްދުން ކަމަށާއި، މީގެ ކުރިން މިފަދަ ކަމަކަށް އަމަލީގޮތުން ފާހަގަ ކުރެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"މިހާރު ދިވެހި ޒުވާނުންނަށް ފައިސާފޮނުވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަން މަސައްކަތް ކުރަމުން އެބަދޭ. ޕޭޕަލް އާއެކު މަޝްވަރާތައް ހިނގަމުން އެބަދޭ، އެކަމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" ކަމަށް ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ދަށުން، ރާއްޖޭގައި މަޤްބޫލުވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ޖެނުއަރީ މަހު ހާމަކޮށްފައިވާ ގޮތުގައި، ޕޭޕަލް ޕޭ، އެމޭޒަން ޕޭ އަދި ގޫގްލް ޕޭ ގެނައުމަށް ސަރުކާރުން ވަނީ އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައެވެ. އަދި އެގްޒެކެޓިވް މެނޭޖްމަންޓު ލެވަލްގައި އެކަމާބެހޭ ވަރަށް ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS