Ads by Aqeeqa Maldives

ޚަބަރު

ހޯޕް އައިލެންޑް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

ހޯޕް އައިލެންޑް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

ރިހިބިލިޓޭޝަން ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2025، 01:13

21 އޭޕްރީލު 2025، 01:13

ކުށުގެ ވެއްޓަށް ވަންނަ ކުދިން ރިހިބިލިޓޭޓް ކުރަން ހަދާ ހޯޕް އައިލެންޑް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފިއެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހާހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

 މި މަޝްރޫޢުގައި ހިމެނެނީ އެތަން ތަރައްޤިކުރުމަށް ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމާއި ބެނުންވާ ވަޞީލަތްތައް ތަރައްޤީކުރުމެވެ.އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓްއަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުނަށް ޚާއްސަ ސަރަޙައްދަކާއި އެތަނަށް ގެންނަށްކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްޤީކުރަނީ މި ހުރިހާ ޚިދުމަތްތައް ހިމަނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކުގައެވެ.

ހޯޕް އައިލެންޑް މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. 

ކުރިން ހޯޕް އައިލެންޑް ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަވެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS