Ads by Aqeeqa Maldives

ޚަބަރު

އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ރައީސްގެ ހެޔޮއެދުން ފޮނުއްވައިފި

އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ރައީސްގެ ހެޔޮއެދުން ފޮނުއްވައިފި

ރައިސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 04:05

20 އޭޕްރީލު 2025، 04:05

އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހެޔޮއެދުން ފޮނުއްވައިފިއެވެ.

އެކްސްގައި ރައީސް މުއިއްޒު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

“އަޅުގަނޑު އެދެނީ އެސްއެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުން. ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުން. ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ޙާޞިލްވުން” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.


ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ ކަމަށެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS