Ads by Aqeeqa Maldives

ޚަބަރު

ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ހައްލުލިބެމުންއެބަދޭ: ވަޒީރު ނާޒިމް

ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ހައްލުލިބެމުންއެބަދޭ: ވަޒީރު ނާޒިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 03:08

20 އޭޕްރީލު 2025، 03:08

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ހައްލު ލިބެމުން އެބަދާކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ނާޡިމް ވިދާޅުވީ ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. މިއާއެކު ބޭހުގެ މައްސަލަ ހައްލުވެގެންދާ މަންޒަރު ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދަ ރިފޯމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ އާންމުން އެންމެ ގިނައިން ދައްކާ ވާހަކައަކީ ބައެއް ބޭސްތަކުގެ އަގުބޮޑު ވާހަކައާއި އޭގެ ޕްރޮފިޓް މާރޖިން އިންތިހާއަށް ބޮޑު ވާހަކަކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ ތެރޭގައި ބައެއް ބޭސްތަކަށް ކޮންޓްރޯލް އަގު ލެވިގެން ދިޔަކަމަށް ވަަޒީރު ވިދާޅުވިއެވެ. 

މިއީ މާކެޓުގައި ބޭސް މަދުވުމަށް ދިމާވި ސަބަބެއްކަމަށާއި އެހެންނަމަވެސް އެކަމަށްވެސް މަޝްވަރާކޮށް ހައްލު ހޯދާފައިވާކަމަށްވެސް ވަޒީރު ނާޡިމް ވިދާޅުވިއެވެ. 

 އެގޮތުން އެންމެ މުހިންމު ހައްލަކީ އެސްޓީއޯގެ ސަޕްލައި އިތުރުކޮށް ހަރުދަނާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަސާސީ ބޭހުގެ ގޮތުގައި ބޭނުންކުރާ 99 އިންސައްތަ ބޭސް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS