ޚަބަރު
ހުޅުމާލެ ހޮސްޕިޓަލްގައި އެޑްވާންސް ވޫންޑް ކެއަރ ކްނިކެއް ހުޅުވައިފި

ވޫންޑް ކެއަރ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލްގައި އެޑްވާންސް ވޫންޑް ކެއަރ ކްލިނިކެއް ހުޅުވައިފިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުނު މިކްލިނިކްގެ ކަންކަން ބަލަހައްޓައި ހިންގާނީ ވަކިގޮތަކަށް މެނޭޖްކުރެވިގެންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
މި ކްލިނިކް އިފްތިތާހުކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިފަދަ ކްލިނިކެއް ހުޅުމާލެފަދަ އިތުރުވަމުންދާ އާބާދީއެއް ހިމެނޭ ސަރަޙައްދެއްގައި ހުޅުވިގެން ދިއުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.
މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފާރުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކް ހުޅުވުމުން ބަލިމީހާ ކްލިނިކުގައި ރަޖިސްޓްރީކުރެވި އެކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާ އާއި ބަލާނެ ދުވަސްވެސް ކްލިނިކުން ހަމަޖައްސާނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ވަނީ 2025ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމަލަ 5،076 ބަލިމީހުންނަށް ޒަޚަމްތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދީފައެވެ.