Ads by Aqeeqa Maldives

ޚަބަރު

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް 400އަށް ވުރެ ގިނަމީހުން ފަރުވާހޯދައިފި

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް 400އަށް ވުރެ ގިނަމީހުން ފަރުވާހޯދައިފި

އައިޖީއެމްއެޗްގައި ހުންނަ ސިޒޭޝަން ކްލިނިކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2025، 07:08

18 އޭޕްރީލު 2025، 07:08

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް 400އަށްވުރެ ގިނަމީިހުން ފަރުވާހޯދައިފައިވާ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އުވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދި މީހުންގެ ޢަދަދުތައް ހާމަކޮށްފައެވެ. 

އެއަަދާހަމަތަކުގައި ބުނެފައިވާގޮތިުން މިހާތަނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރުވުމަށް 492 މީހަކު ވަނީ ފަރުވާ ހޯދައިފައެވެ.

އެއީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެފަރުވާ ހޯދި މީހުންގެ ޢަދަދެވެ. 

ފަރުވާ ހޯދާފައިވާ ތަންތަން:

  • އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް:  288
  • ހުޅުމާލޭ ހޮސްޕިޓަލް: 110
  • ދަމަނަވެށި: 74
  • އޭޑީކޭ: 20

ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައިވާފައެވެ.

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މިޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS