ޚަބަރު
“އުންމަތް ފަލަސްޠީނާއެކު” ނަމުގައި ބާއްވާ ޚާއްސަ އިވެންޓެއް މިރޭ

ފަލަސްޠީނާއި އެކު ދިވެހިން ތިބިކަން ދައްކުވައިދިނުމަށް ބޭއްވި އެއްވުމެއް. ފޮޓޯ: ރާއްޖެއެމްވީ
“އުންމަތް ފަލަސްޠީނާއެކު” ނަމުގައި ބާއްވަ ޚާއްސަ އިވެންޓެއް މިރޭ އޮންނާނެއެވެ.
މި އިވެންޓަކީ ޔޫތް ފޯ ޔުނިޓީ އާއި ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއް ގުޅިގެން ބާއްވާ އިވެންޓެކެވެ.
މި އިވެންޓް ފެށޭނީ ސޯޝަލް ސެންޓަރު ކުރިމަތިން މިރޭ 20:00ގައެވެ. ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ހިނގާލުން ފެށިގެން ދާއިރު ހިނގާލުން ނިންމުމަށް ހަމަޖެހިފައިިވަނީ ހެންވޭރު އާޓިފިޝަލް ބީޗަށެވެ.
އާޓިފިޝަލް ބީޗުގައި 21:00 ގައި ބޮޑު އެއްވުމެއް ބާއްވަން ހަމަޖެހިފައިވާއިރު ބޮޑު އެއްވުމުގެ ތެރެއިން މިއިވެންޓުގައި ބައިވެރިވާ ޚިދުމަތް ޖަމިއްޔާގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމަށް ފަންޑު ފޮއްޓެއް ބެހެއްޓޭނެ ކަމަށް މިއިވެންޓް އިންތިޒާމް ކުރާ ޔޫތް ފޯ ޔުނިޓީ އިން ބުނެއެވެ.
Join us tonight at 8pm
— Youth for Unity (@y4unitymv) April 18, 2025
And be part of #UmmahWithPalestine#WeFailedGaza pic.twitter.com/a8QFLoKLb6
މި އިވެންޓުގައި ޚިދުމަތް ޖަމިއްޔާ، ރައިޓް މޫވްމެންޓް، މަސްވެރިންގެ ޖަމިއްޔާ އަދި ބީޖީ ސްޕޯޓްސް ފަދަ ގިނަ ކްލަބްތަކަކުންވެސް ބައިވެރިވެއެވެ.