Ads by Aqeeqa Maldives

ޚަބަރު

ސިފައިންގެ ދުވަހުގެ މަގުމަތީ ހަރަކާތްތައް މާދަމާ މާލޭގައި ބާއްވަނީ

ސިފައިންގެ ދުވަހުގެ މަގުމަތީ ހަރަކާތްތައް މާދަމާ މާލޭގައި ބާއްވަނީ

ސިފައިންގެ ޕެރޭޑެއް ކުރިއަށްދަނީ. ފޮޓޯ: ދި އެޑިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2025، 04:05

18 އޭޕްރީލު 2025، 04:05

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަގުމަތީ ހަރަކާތްތައް މާދަމާ މާލޭގެ މަގުތަކުގައި އޮންނާނެ ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން ފެށިގެންދާނީ މާދަމާ ހަވީރު 16:15 ހާއިރު އެވެ.

ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެއެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.

މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS