Ads by Aqeeqa Maldives

ޚަބަރު

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަނޑުމަތީގައި ޢަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާނެ: ޢަސްކަރިއްޔާ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަނޑުމަތީގައި ޢަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާނެ: ޢަސްކަރިއްޔާ

ދިވެހި ޢަސްކަރިއްޔާގެ ތަމްރީނުތަކެއް ކުރިއަށްދަނީ. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2025، 03:18

18 އޭޕްރީލު 2025، 03:18

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަނޑުމަތީގައި ޢަސްކަރީ ތަމްރީނު ތަކެއް ކުރިއަށްދާނެ ކަމަށް ދިވެހި ޤައުމީ ދީފާޢީ ބާރުން ބުނެފިއެވެ.

މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހަކު 6:00 އިން 17:30 އަށެވެ. ދިވެހި ޤައުމީ ދިފާއީ ބާރުން ބުނީ މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކަމަށެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމަށްވެސް ބުނެފައިވެއެވެ.

އެއިދާރާއިން ވަނީ ކަނޑުމަތީގައި ހިންގާ މި ތަމްރީނުތައް ކުރިއަށް ގެންދާތީ ކަނޑުދަތުުރު ކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS