Ads by Aqeeqa Maldives

ޚަބަރު

ޤައުމިއްޔަތުގެ އެއްބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް: ރައީސް މުޢިއްޒު

ޤައުމިއްޔަތުގެ އެއްބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު.ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2025، 03:13

18 އޭޕްރީލު 2025، 03:13

ދިވެހި ޤައުމިއއްޔަތުގެ އެއްބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސަރުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތުގެ އެއްބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށާއި، ޤައުމެއްގެ ގޮތުގައި ދިވެހިންނަށް ދެމިތިބެވޭނީ މިއަގުހުރި ތަރިކަ ހިމާޔަތްކޮށްގެން ކަމަށެވެ.

ދުނިޔޭގެ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ކަނޑައެޅުމުގެ ފިކުރަކީ 1982 ވަނަ އަހަރު ބައިނަލްއަގްވާމީ ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް (އައިކޮމޮސް) އިން ހުށަހެޅި ކަމެކެވެ. މިކަން 1983 ވަނަ އަހަރު ޔުނެސްކޯއިން ރަސްމީކޮށް ފާސްކުރިއެވެ. މިކަން ފާސްވެގެން ދިޔަ ދުވަހަކީ އޭޕްރީލް 18 ކަމުން އޭގެ ފަހުން ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި 18 އޭޕްރީލް ފާހަގަކުރެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS