ޚަބަރު
މާލެސިޓީން ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނައިން ކުނި ނަގާ: މޭޔަރ ޢާޒިމް

ކުނި ނެގުން/ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނައިން ކުނި ނަގާކަމަށް، މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކޮންމެ ދުވަހަކުވެސް އެ ކައުންސިލްގެ މުވައްޒަފުން ކުނިނެގުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން، މި މަސައްކަތުގެ ދަށުން މާލެއާއި ވިލިމާލާގެ އެއްގަމުންނާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށަ ޖުމްލަ 30 ޓަނާއި 40 ޓަނާއި ދެމެދުގެ ކުނި ނަގާކަމަށް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.
ހަމަ އެހެންމެ، މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފު ކުރުމުގެ މަސައްކަތް ވެސް މެދުނުކެނޑި ކުރިޔަށްދާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި މާލެ ސިޓީއަކީ ރައްޔިތުން އެދޭފަދަ ސާފުތަނަކަށް ހެއްދުވުމަށް އެކި މަސައްކަތްތައް ކުރައްވާނެކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.