Ads by Aqeeqa Maldives

ޚަބަރު

މިހާތަނަށް މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފި

މިހާތަނަށް މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފި

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

17 އޭޕްރީލު 2025، 02:26

17 އޭޕްރީލު 2025، 02:26

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބަރާބަރަށް ފައިސާ ދޭންފެށުމުން އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުން ދާކަމަށެވެ. އެގޮތުން، ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން ގިނަ އަދަދެއްގެ ޒުވާނުންނެއް ފައިބާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ޒުވާނުން  އަނބުރާ މަސްދޯނިތަކަށް އަރަމުންދާކަމަށާއި، ބޭނުންފުޅުވަނީ ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން ދޯނިތަކަށް އެރުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާ ކުރަންފަށާނޭކަމަށް މިއަދުގެ ޕޮޑްކާސްޓުގައި ރައިސް ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS