ޚަބަރު
އދ.އަތޮޅުގައި ޓޫރިސްޓް ސެކިއުރިޓީ އެންޑް ސޭފްޓީ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

އދ.އަތޮޅުގައި ފުލުހުން ހިންގި ޓޫރިސްޓު ސެކިއުރިޓީ އެންޑް ސޭފްޓީ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން އދ. އަތޮޅުގައި ޓޫރިސްޓް ސެކިއުރިޓީ އެންޑް ސޭފް ޕްރޮގްރާމް ކުރިއަށް ގެންގޮޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީީ އެޕްރީލް 15 އިން 17 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެއާރޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި އދ. އަތޮޅު ފުލުހުން ގުޅިގެންކަމަށެވެ.
މި ޕްރޮގްރާމުގައި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ބަލައި، ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި މޫދު ކުޅިވަރު ހިންގުމުގައި ސަލާމަތާއި ރައްކާތެރިކަން ރޭވިފައި ހުރި ގޮތްބަލައި ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް، ސޭފްޓީ ބްރީޗް ވުމުގެ ސަބަބުން މިހާތަނަށް ދިމާވެފައިވާ ހިތާމަވެރި ހަދިސާތަކުގެ މައުލޫމަތު ހިއްސާކޮށް އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވާކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
ކައުންސިލުތަކާ ބައްދަލުކޮށް ފަތުރުވެރިކަމުގެ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާކަމަށާއި އަދި ކައުންސިލުތަކުގެ ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، އެ ކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާ ގުޅޭ މައްސަލައެއް އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ހުށަހެޅުމުން އަމަލުކުރާނެ ގޮތްތަކާއި، ފަތުރުވެރިންނާ މުއާމަލާތުކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓުކުރާނެ ގޮތާއި ބަލަންޖެހޭ ކަންކަމާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.