Ads by Aqeeqa Maldives

ޚަބަރު

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލުން ފަށައިފި

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލުން ފަށައިފި

ށ.އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރަން ފެށުން. ފޮޓޯ: ށ.އަތޮޅު ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޭޕްރީލު 2025، 10:36

17 އޭޕްރީލު 2025، 10:36

ހުލާސާ


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލުން ފަށައިފިއެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅެއްގެވެސް ވެރިކަން ކުރާ ރަށުން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދިނުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެކެވެ. މި މަސައްކަތުގެ ދަށުން ށ. އަތޮޅުގެ ވެރިކަން ކުރާ ށ. ފުނަދޫގައި އެ ޚިދުމަތް މިހާރު ފަށައިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓޭޝަން އިން ބުނެފައިވެއެވެ. 

ށ. ފުނަދޫގައި މި ޚިދުމަތް ފެށުމާއި އެކު ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލިބޭނެއެވެ. ޑީއެންއާރުން ބުނެފައިވަނީ މިއަންނަ ހަފްތާގެ ތެރޭގައި ށ. މިލަންދޫގައި ވެސް މި ޚިދުމަތް ފެށިގެން ދާނެކަމަށެވެ. 

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ރާއްޖޭގެ އަތޮޅުތަކުން މި ޚިދުމަތް ދިނުމުގެ އިތުރުން ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމުގެ މަސައްކަތް ޑީއެންއާރުން ދަނީ ކުރަމުންނެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS