Ads by Aqeeqa Maldives

ޚަބަރު

މާލެ ސަރަހައްދުގައި ވަޤުފް އިމާރާތްތައް ތަރައްޤީކުރަން ބީއެމްއެލް އިސްލާމިކުން ލޯނު ދެނީ

މާލެ ސަރަހައްދުގައި ވަޤުފް އިމާރާތްތައް ތަރައްޤީކުރަން ބީއެމްއެލް އިސްލާމިކުން ލޯނު ދެނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2025، 10:55

15 އޭޕްރީލު 2025، 10:55

މާލެ ސަރަަހައްދުގައި ވަޤުފް އިމާރާތްތަައް ތަރައްޤީކުރަން ބޭންކް އޮފް މޯލްޑިވްސް އިސްލާމީކުން 350 މިލިއަން ރުފިޔާގެ ލޯނު ދިނުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަހީމް  ވިދާޅުވީ، އިސްލާމީ ވަޤުފު ފަންޑު ތަރައްޤީކުރުމަށް ވުޒާރާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމަށްޓަކައި އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި "ދާރުލްއީމާން" އިމާރާތަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ހެދުމަށްވެސް ނިންމަވާފައިވާކަމަށް އިސްލާމީ ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

 އަލަށް އިމާރާތްކުރާ ވަޤުފު އިމާރާތްތައްކަމަށްވާ "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް" އިން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިޔަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަޘީޤާގައި ސޮއިކުރުމަށްވެސް ވަޒީރުވަނީ ނިންމާފައިވެއެވެ.ހަމައެހެންމެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑާއި ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުމަށްވެސް ނިންމަވާފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ޝަހީމް ވިދާޅުވީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.

ސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދުކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS