Ads by Aqeeqa Maldives

ޚަބަރު

މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ ހައިދަރު ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރާއި ބައްދަލުކުރައްވައިފި

މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ ހައިދަރު ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރާއި ބައްދަލުކުރައްވައިފި

ވަޒީރު ހައިދަރު ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2025، 03:48

14 އޭޕްރީލު 2025، 03:48

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހަޢިދަރު ލަގްޒަމްބާރގގެ ލޭބަރ މިނިސްޓަރު  ހިޒްއެކްސެލެންސީ، ޖޯރޖް މީޝޯއާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ދެ ދަޢުލަތުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން ގުޅިގެން އެކި މަސައްކަތްތަށް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. 

އެގޮތުން، ދިވެހި ދަރިވަރުންނަށް ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވެ، ލަގްޒަމްބާރގގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައި، ލަގްޒަމްބާރގގެ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ރިސޯޓްތަކުގައި ތަމްރީނު ހާޞިލުކޮށް، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެކި ޤައުމުގެ އިސްބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކަކި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމުގެ އިތުރުން ދިވެހިރާއްޖެ އިން ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުން ތަކެކެވެ.

ވަޒީރު ޑރ ހައިދަރު ލަގްޒްމބާރގގަށް ވަޑައިގެން އުޅުއްވަނީ ލަގްޒަމްބާރގގައި ކުރިއަށްދާ "ގްލޯބަލް ގަވަރމަންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS