Ads by Aqeeqa Maldives

ޚަބަރު

ޝަންގްރިލާ މަރާމަތުކޮށް އަލުން ހުޅުވުމާބެހޭ މަޝްވަަރާތައް ކޮށްފި

ޝަންގްރިލާ މަރާމަތުކޮށް އަލުން ހުޅުވުމާބެހޭ މަޝްވަަރާތައް ކޮށްފި

މިއަދު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2025، 02:42

14 އޭޕްރީލު 2025، 02:42

ޝަންގްރިލާ ވިލިގިނލި ރިސޯޓް އެންޑް ސްޕާ މަރާމާތުކޮށް އަލުން ހުޅުވުމާބެހޭ މަޝްވަރާތައް ކޮށްފިއެވެ. 

މި މަޝްވަރާތައް ކުރެވިފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ޝަންގްރިލާ މެނޭޖްމަންޓާއި ދެމެދުއެވެ. 

މިމަޝްވަރާތަކުގައި އެރިސޯޓު ހިންގުމަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، އަލުން ރިސޯޓު ހުޅުވުމަށް ކުރެވެމުންދާ ކަންކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ހިއްސާ ކޮށްދެއްވަައިފައިވަނީ ޝަންގްރިލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމަންޓް މިސްޓަރ ކްރިސްޓޮފަރ ފޮންގްއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމުގައި ސަރުކާރުން ދެވޭނެ ލުއިތަކާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މިއަދު ކުރެވުނު މަޝްވަރާގެ ސަަބަބުން ރިސޯޓު އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުަލަވާލައި ރިސޯޓު ހުޅުވާލުމުގެ މަސައްކަތް އަވަސްމުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގަތް ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މިބވައްދަލުވުމުގައި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ. އަދި ޝަންގްރިލާ ވިލިގިނލި ރިސޯޓު ހުޅުވިގެން ދިޔުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި އެސަރަހައްދުގެ ފަތުުރިވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މިބައްދަލުކުރެވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްގެ އިތުރުން އެވުޒާރާގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެެެއެވެ. އަދި ޝަންގްރިލާ ގެ ފަރާތުން މިސްޓަރ ކްރިސްޓޮފަރ ފޮންގްގެ އިތުރުން ބައެއް އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS