ޚަބަރު
ތިން ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ތިން ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންގެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖެއިން ބޭރުގެ 3 ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް 3 ބޭފުޅަކު އައްޔަނުކުރުމަށެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ސްވިޑަން، ސީޝެލްސް އަދި އޮސްޓްރޭލިޔާއަށެވެ.
ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާފައިވާގޮތުގެ ތަފްސީލު:
• ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު، ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، އޮސްޓްރޭލިޔާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމުންނެވެ.ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.