Ads by Aqeeqa Maldives

ޚަބަރު

ހދ އަތޮޅުގައިވެސް ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް އަޅައިފި

ހދ އަތޮޅުގައިވެސް ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް އަޅައިފި

ކަނދުފައްޗެއް-

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

14 އޭޕްރީލު 2025، 11:39

14 އޭޕްރީލު 2025، 11:39

ރާއްޖޭގެ އުތުރުން ހދ.ކުޅުދުއްފުށީ ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކަނދުފަތި އަޅާފައިވަނީ ކުޅުދުއްފުށީގެ އިރު ދެކުނުން 15.5 މޭލު ބޭރުގައެވެ. 

އެ ވުޒާރާއިން ވިދާޅުވީ ހދ.ވައިކަރަދޫ ދިމާ ބޭރުގައި ހަރުކޮށްފައިވާ ވަދު ކަނދުފަތީގެ ނެވިގޭޝަން ބައްތި ނުދިއްލޭ މައްސަލަ ފާހަގަކުރެވިފައިވާތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ނެވިގޭޝަން ބައްތިއެއް ހަރުކޮށްފައިވާކަމަށެވެ.

ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސް ޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ. ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް ޖަމާވެ، މަސްވެރިކަން ތިޔާގިވެގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS