Ads by Aqeeqa Maldives

ޚަބަރު

ދިވެހިންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހި ބަސް: ރައީސް މުޢިއްޒު

ދިވެހިންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހި ބަސް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2025، 09:38

14 އޭޕްރީލު 2025، 09:38

ދިވެހިންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހި ބަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 



ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމަށެވެ.

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން.  

ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެެ.


ދިވެހިބަހުގެ ދުވަސް ފާހަގަ ކުރަން ފަށައިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއަަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީއިން ކަނޑައަޅުއްވައިފައިވަނީ “އިސްކުރާނީ ދިވެހި ބަސް” މި ޝިޢާރެވެ.

ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ ކަމަށްވާއިރު މިއަދުގެ ސަރުކާރުން ދިވެހި ބަހާއި ދިވެހިންގެ ޘަޤާފަތާއި ތަރިކަ ދަމަހައްޓައި އާލާކުރުމަށް ޚާއްސަ އިސްކަމެއް ދޭކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS