Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ ޚާއްޞަ ތަމްރީނު ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި

ފުލުހުންގެ ޚާއްޞަ ތަމްރީނު ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި

ދިވެހި ފުލުހުންތަކެއް. ފޮޓޯ: ވޮއިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 02:04

13 އޭޕްރީލު 2025، 02:04

ފުލުހުންގެ ޚާއްޞަ ތަމްރީނު ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި ކުރިއަށް ގެެންދިޔުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ހަރަކާތްތައް ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާނީ ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމުތައް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިއީ ފުލުހުންގެ އޮޕަރޭޝަނަލް ތައްޔާރީތައް އިތުރަށް ހަރުދަނާކޮށް، އެކި ފަރާތްތަކުގެ މެދުގައި ކޯޑިނޭޝަން ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ކަން ކުރިއަށްދާ ވަގުތުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން އެދިފައިވެއެވެ.

އަދި މި ވަގުތުތަކުގައި ފެންނަ ޙަރަކާތްތަކަކީ ރޭވިގެން ކުރިއަށްގެންދާ ތަމްރީނެއްގެ ބައެއް ކަމަށްވާތީ، އެކަމާ ކަންބޮޑުނުވުމަށް ވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މި ހަރަކާތަކުގެ މަޤްޞަދަކީ ކުއްލި ޙާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS