Ads by Aqeeqa Maldives

ޚަބަރު

ޢާންމުކޮށް ދިވެހިން ގޮސް އުޅޭ ޤައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމް ހަމަޖައްސަނީ

ޢާންމުކޮށް ދިވެހިން ގޮސް އުޅޭ ޤައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމް ހަމަޖައްސަނީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 02:05

13 އޭޕްރީލު 2025، 02:05

ޢާންމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މިއަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނކަމަށެވެ. އަދި ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މިޚިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން މެލޭޝިއާ އާއި ސްރީލަންކާ، އިންޑިއާ އާއި އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަކަމަށް އެވުޒާރާއިން ބުނެއެވެ.

ދާޚިލީ ވުޒާރާއިން ވަނީ މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށާނެ ކަމަށްވެސް ބުނެފައެވެ. އެގޮތުން ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލީގައިވެސް މި ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

އަސާސީ މިފަދަ މުހިންމު ޚިދުމަތެއް ހޯދުމަށް މާލެއަށް ބަރޯސާވެފައި ތިބެން ޖެހުމަކީ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވަމުންދާކަމެކެވެ. އެހެންކަމުން މިކަން ބަދަލުކޮށް ރައްޔިތުންނަށް މިކަމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް 15 ރަށެއްގައި ފަށާފައެވެ. އެރަށްރަށުގައި މިޚިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS