Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއި އެކު 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރިމީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 12:13

13 އޭޕްރީލު 2025، 12:13

މަސްތުވާތަކެއްޗާއި އެކު 56 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ސަނީސައިޑް، އަލީ ޝަރުޖީލު (56) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވިލިމާލެއިންނެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS