ޚަބަރު
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހޯދަނީ

ފުލުހުން ހޯދަން އިޢުލާނުކޮށްފައިވާ ޢާޒިމް. ފޮޓޯ: ފުލުހުން
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހޯދުމަށް އެއިދާރާއިން އިޢުލާނުކޮށްފިއެވެ.
ފުލުހުން ހޯދަން އިޢުލާނުކޮށްފައިވަނީ ހ.ހަވިއްތަ ޢަލީ ޢާޒިމް އެވެ. އޭނާ ހޯދަން އިޢުލާނުކޮށްފައިވަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަންކަމަށްބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގެ ތަހުޤީޤަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ޢާޒިމް މ. ދިއްގަރު ޕޮލިސް ސްޓޭޝަން، 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް އަންގައިފައެވެ.