Ads by Aqeeqa Maldives

ޚަބަރު

ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފައްޗެއް ށ.އަތޮޅުގައި އަޅައިފި

ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފައްޗެއް ށ.އަތޮޅުގައި އަޅައިފި

ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފަތި އެޅި ސަރަހައްދު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2025، 04:02

12 އޭޕްރީލު 2025، 04:02

ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފައްޗެއް ށ.އަތޮޅުގައި އަޅައިފިއެވެ. 

މި ކަނދުފަތި އަޅައިފައިވަނީ ށ އަތޮޅު ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައެވެ. މި ވަދު ކަނދުފައްޗަކީ ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ކަނދުފައްޗެކެވެ. ށ.އަތޮޅުގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ށ. ފޭދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ.

 ސްޕޯރޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑު ބޮޑު ކަނދުފަތިތަކެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި ކަނދުފަތީގެ އިތުރުންވެސް ދާދިފަހުންވެސް ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލުބޭރުގައިވެސް ކަނދުފައްޗެއް އަޅައިފައިވެއެވެ. ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކަނދުފައްޗަކަށްވެސް ޚާއްސަ ނަންބަރެއް ދީފައިވެއެވެ.

ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތީގެ ގާތަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައިވެއެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS