ޚަބަރު
ޞިއްޙީ ވުޒާރާއާއި ތިނަދޫ ހޮސްޕިޓަލް ގުޅިގެން އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަނީ

ތިނަދޫ ހޮސްޕިޓަލް. ފޮޓޯ: ޕީއެސްއެމް
ޞިއްޙީ ވުޒާރާއާއި ގދ ތިނަދޫގައި ހުންނަ ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެހޮސްޕިޓަލްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ.
މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:-
ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ
އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު
ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު
އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލްކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން
ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާފީ
ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު
ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު
މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ. މި ޓީމް ގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މިއީ ޞިއްޙީ ވުޒާރާ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.