Ads by Aqeeqa Maldives

ޚަބަރު

އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތްދޭން ފަށަނީ

އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތްދޭން ފަށަނީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2025، 11:53

10 އޭޕްރީލު 2025، 11:53

އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތްދޭން މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެވުޒާރާއިން ހިއްސާކުރި މައުލޫމާތުގައިވަނީ އެ ރަށްތަކަކީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ ކަމަށެވެ.

ދާޚިލިއްޔާއިން ބުނީ 15 ރަށެއްގައި މިހާރު ވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ނ. މަނަދޫއާއި ނ. ކެނދިކުޅުދޫގައި ވެސް އެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ދެނީ، ހޯމް މިނިސްޓްރީގެ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިންނެެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS