ޚަބަރު
މިއަހަރުގެ މިހާތަނަށް 693،949 ފަތުރުވެރިން އައިސްފި، މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 5.7 އިންސައްތައިގެ ކުރިއެރުމެއް

ރާއްޖެެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް
މިއަަހަރުގެ މިހާތަނަށް 693،949 ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.
އެވުޒާރާއިން އާންމުކުރާ ފަތުރުވެރިކަމުގެ އަދާހަމަތަކުން ދައްކާގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި މިންވަރު 5.7 އިންސައްތައިން ވަނީ ކުރިއަރައިފައެވެ.
މިއަަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 214،863 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފެބްރުއަރީ މަހު 214،091 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފާއިތުިވި މާރޗް މަހު 203،464 ފަތުރުވެރިން އައިސްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެއީ 78،285 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައީ ރަޝިޔާގެ ފަތުރުވެރިންނެވެ. ތިންވަނައިގައި ވަނީ އިނގިރޭސިވިލާތެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ބައިނަލް އަޤްވާމީ އެކިއެކި ޕްލެޓްފޯމުކުަގައި ރާއްޖެެއިން ދަނީ ބައިވެރިވަމުންނެވެެ.