Ads by Aqeeqa Maldives

ޚަބަރު

ކޯރާޑިއަކަުން މާރާމާރީ ހިންގި މައްސަލައެއްގަައި ދެމީހަކަށް ދައުވާކުރަނީ

ކޯރާޑިއަކަުން މާރާމާރީ ހިންގި މައްސަލައެއްގަައި ދެމީހަކަށް ދައުވާކުރަނީ

މާރާމާރީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2025، 04:42

10 އޭޕްރީލު 2025، 04:42

ކޯރާޑީއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ދެމީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ. 

މިކަމަކީ ހުޅުމާލޭގައި ހިނގައިދިޔަ ކަމެކެވެ. މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. 

މި މައްސަލައިގެ ތުހުމަތުކުރަނީ ގދ. ފިޔޯރީ / ހީނާމާގެ އުމުރުން 26 އަހަރުގެ ރުސްތުމް އިބްރާހީމާއި ބ. ގޮއިދޫ / ފިނިފެންމާގެ، އުމުރުން 19 އަހަރުގެ ސައިފްﷲ ފައިޞަލަށެވެ.

މި މާރާމާރީ ހިންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 23:35 އެހާކަންހާއިރުއެވެ. އެގޮތުން، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS