Ads by Aqeeqa Maldives

ޚަބަރު

އެއްވެސް އިރެއްގައި ޚިޔާނާތުގެ ތުހުމަތުގައިވެސް ތަހުޤީޤީ އިދާރާއަކަށް ހާޒިރުކޮށްފައެއް ނުވާނެ- މޯލްޑިވްގޭސް އެމްޑީ

އެއްވެސް އިރެއްގައި ޚިޔާނާތުގެ ތުހުމަތުގައިވެސް ތަހުޤީޤީ އިދާރާއަކަށް ހާޒިރުކޮށްފައެއް ނުވާނެ- މޯލްޑިވްގޭސް އެމްޑީ

މޯލްޑިވް ގޭސްގެ އެމްޑީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

10 އޭޕްރީލު 2025، 11:12

10 އޭޕްރީލު 2025، 11:12

ވޭތިވެދިޔަ ދިގު މާޒީގައި އެއްވެސް ޚިޔާނާތެއް އަދި ޚިޔާނާތެއްގެ ތުހުމަތުގައިވެސް ތަހުޤީޤީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާނެ ކަމަށް މޯލްޑިވްގޭސްގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ މުޙައްމަދު މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވާނުވާ ނޭނގި ގެއްލިފައިވާ މައްސަލައެއް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެންމަތިވެފައިވުމާ ގުޅިގެންނެވެ.

ޢަބްދުﷲ ވިދާޅުވީ، އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މުއައްސަސާތަކުގައި ޒިންމާދާރު އެކި ވަޒީފާތައް އަދާކޮށްފައިވާ މީހެއްކަމަށެވެ. އެގޮތުން ވޭތިވެދިޔަ ދިގު މާޒީގައި އެއްވެސް ހިޔާނާތެއް އަދި ހިޔާނާތެއްގެ ތުހުމަތުގައިވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައިވާ މީހެއްނޫންކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ޢަބްދުﷲ ވިދާޅުވީ ބަޔާންނެ ނަގާފައިވެސް ނުވާނެ ކަމަށާއި، އެއްވެސް ހުކުމެއް ކޮށްފައިވާ މީހެއްވެސްނޫންކަމުގައެެވެ. އަބަދުވެސް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ އަދި އަދާކުރަމުންމިދަނީ ވަޒީފާ އަދާކުރާ މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ. 

ޢަބްދުﷲ އިތުރަށް ވިދާޅުވީ މިހާރު އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތައްވެސް އަދާކުރަމުންމިދަނީ  މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން ކަމަށެވެ. އަދި އެކަން ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ކަށަވަރުވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ކުންފުނިން ކޮންމެ މުއާމަލާތެއްވެސް ކޮށްފައިވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިޔުމެންޓް އުސޫލާއި އެއްގޮތަށްކަން ކަށަވަރު ކޮށްދެއްވާފައިވެސް ވެއެވެ.

ޢަބްދުﷲ ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަންކަން ބޭނުންވާގޮތަށް ހާސިލް ނުވުމަކީ ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް އަނެކާގެ އަބުރު ގެއްލުވާލަންއޮތް ފުރުސަތަކަށް ނުހެދުމަށް އަމިއްލަ ނަފުސަށާއި އެންމެތަކުންނަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރަައްވާކަމަށެވެ.

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000  ޑޮލަރު (3.7 މިލިއަން ރުފިޔާ) ވީނުވީއެއް ނޭންގި ގެއްލިފައިވުމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށާފައެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން ގޭސް ގެނައުމުގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭސްއިން ނަގައި، އެ މަސައްކަތް މިހާރު ވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS