Ads by Aqeeqa Maldives

ޚަބަރު

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިއްޖެ

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިއްޖެ

މޯލްޑިވް ގޭސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 06:06

09 އޭޕްރީލު 2025، 06:06

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން މިއަދު ހާމަވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، މިއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާއެކެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަން ހާމަކުރައްވާފައެއް ނުވެއެވެ. މި ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަމާއި، މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

މިކަހަލަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން އެބަ ޖެހޭ

ނާޒިމް 

މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS